ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ މި އަންހެން ކުއްޖާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ލިބު...

25 May 2024 | 14:52

ވިލިމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ މި އަންހެން ކުއްޖާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ވަނީ ފަށާފައިކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ، ތ.މަޑިފުށި/ނައިޓްރޯސް، އައިޝަތު ޒޯޔާއެވެ.

ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މި މަހު 21 ވަނަ ދުވަހުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ވަނީ ބުނެފައެެވެ.

ޒޯޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލޭ ޕްލިސްޓޭޝަންގެ 9790083 އަށް ގުޅުއްވާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް