ބާރު ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީދޫ ސަމާލު ނެރެފައިވަނީ މިއަދު އިރުއޮށްސި 18:30 އިން މިރޭ 09:30 ގެ ނިޔަލަށެވެ.
މިރޭ އިރުއޮއްސުނު ވަގުތު މާލެއަށް ކުރި ވިއްސާރައިން ވަނީ މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައެވެ.
ކާފު އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު މިރޭވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާެކު ގުގުރުން އަދި ވައިގަދަވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް