ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށިގެންދާނީ 96 ހާހެއްހާ ދަރިވަރުންނާއި 13 ހާހެއްހާ މުދައްރިސުންނާއެކުގައި ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އޭގެތެރޭގައި 40،300އެއްހާ އަންހެން ދަރިވަރުންނާއި 42،700އެއްހާ ފިރިހެން ދަރިވަރުން ހިމެނޭ ކަމަށެވެ.
"ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން، ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، އޭގެތެރެއިން 9،000 ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައި" މިނިސްޓްރީން ބުނެފައިވެއެވެ.
ޓީޗަރުންގެ އަދަދުތަކަށް ބަލާލާއިރު މި އަހަރު ފެށޭއިރު ސަރުކާރު ސްކޫލްތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް