މީހަކު ރަހީނުކުރި މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ރޭގައި މާލޭގެ ގެސްޓްހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ. މި މައްސަލައިގާ ހައްޔަރުކުރީ ބަންގުލަދޭޝްއަށް ނިސްބަތ...

25 May 2024 | 12:11

ރޭގައި މާލޭގެ ގެސްޓްހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

މި މައްސަލައިގާ ހައްޔަރުކުރީ ބަންގުލަދޭޝްއަށް ނިސްބަތްވާ ދެމީހެކެވެ.

އެ ދެމީހުން ހައްޔަރުކުރީ މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލަށް ނިސްބަތްވާ ފިރިހެނަކު ބަންދުކޮށްގެން ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ގެސްޓްހައުސް ބަލާ ފާސްކުރުމަށްފަހުގައެވެ.

ފުލުހުން ރޭގައި ބުނެފައިވާގޮތުގައި ބަންދުކޮށްގެން ގެންގުޅުނު މީހާ ރޭގައި ވަނީ ސަލާމަތްކޮށްފައެވެ. އެމީހާއަށް އަނިޔާއެއް ލިބިފައިނެތްކަމަށްވެސް ރޭގައި ފުލުހުން ބުނެފައިވެއެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ރޭގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 10 ދުވަސް އެ ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް