އޮޔާދަނިކޮށް ފެނުނީ އަންހެނެއް، ހަސްފަތާލަށް ގެންދިޔައިރުވެސް ފުރާނަ ނެތް

ސިނަމާލެ ބްރިޖް ސަރަހައްދުން އޮޔާދިޔަ މީހަކު ފެނިގެން އެމީހާ ހަސްފަތާލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ފުލުހުން ބުނެފިއެވެ. މިއަދު މެންދުރު ދޭއްޖަހާއެހާކަންހާއިރު ފުލުހުން ބުނެފައިވަނީ ސިނަމާލެ ...

25 May 2024 | 11:53

ސިނަމާލެ ބްރިޖް ސަރަހައްދުން އޮޔާދިޔަ މީހަކު ފެނިގެން އެމީހާ ހަސްފަތާލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު މެންދުރު ދޭއްޖަހާއެހާކަންހާއިރު ފުލުހުން ބުނެފައިވަނީ ސިނަމާލެ ބްރިޖާ ދިމާއިން ކަނޑުމަތިން މީހަކު އޮޔާދަކަމުގެ ރިޕޯޓު މެންދުރު 12:35ގައި ފުލުހުންނަށް ލިބުނު ކަމަށެވެ.

"އެމީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި" އޭރު ފުލުހުން ބުނެފައިވެއެވެ.

ފަހުން ހަވިރު 04:15 ހާއިރު ފުލުހުން ބުނީ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް މީހާގެ ފުރާނަ ނެތްކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޮޔާދިޔަ އެމީހާ ފެނުނީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗަކަށެވެ.

އެއީ ދިވެއްސެއްކަން ނޫންކަން އަދި އުމުރަކީ ކޮބައިކަން ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް