ބްރިޖް ސަރަހައްދުން އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ސިނަމާލެ ބްރިޖް ސަރަހައްދުން އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ސިނަމާލެ ބްރިޖް ސަރަހައްދުން މީހަކު އޮޔާ ދާކަމަށް ރިޕޯޓު ލިބުނީ މިއަދު ...

25 May 2024 | 09:26

ސިނަމާލެ ބްރިޖް ސަރަހައްދުން އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖް ސަރަހައްދުން މީހަކު އޮޔާ ދާކަމަށް ރިޕޯޓު ލިބުނީ މިއަދު މެންދުރު12:35 ހާއިރު ކަމަށެވެ.

އެމީހާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށްް ގެންގޮސްފައިކަމަށްވެސް ފުލުހުން ބުނެއެވެ.

އެއީ ކޮން ގައުމެއްގެ ކޮން އުމުރެއްގެ މީހެއްކަން އަދި ސާފެއް ނޫނެވެ. މިކަމާއި ގުޅިގެން އިތުރު ތަޕްސީލު ،މައުލޫމާތު ލިބެމުން ދާ ވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް