ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ޕަޕުއަ ނިއުގިނީގެ އަވަށެއް ފަސްގަނޑު ދަށުގައި – މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް

ޕަޕުއަ ނިއުގިނީގެ އެންގާ ޕްރޮވިންސްގައި އޮންނަ އެކަހެރި އަވަށެއްގެ ކައިރީގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހިތާމަވެރި ހާދިސާއެއްގައި އެ އަވަށް ފަސްދަށުވެ އެތައް ބަޔަކު މަރުވެފައިވާކަމުގެ ބިރު ހީވެ...

25 May 2024 | 02:52

ޕަޕުއަ ނިއުގިނީގެ އެންގާ ޕްރޮވިންސްގައި އޮންނަ އެކަހެރި އަވަށެއްގެ ކައިރީގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހިތާމަވެރި ހާދިސާއެއްގައި އެ އަވަށް ފަސްދަށުވެ އެތައް ބަޔަކު މަރުވެފައިވާކަމުގެ ބިރު ހީވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިކަމެއް ހިނގީ ރާއްޖޭގެ ގަޑިން ބަލާނަމަ ބުރާސްފަތި ދުވަހުގެ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ އެ އަވަށަށް ދެވެން އޮންނަ މަގުތައްވެސް ބަންދުވެ ވައިގެ މަގުން ނޫނީ އެ ސަރަހައްދަށް ނުދެވޭތީ މީހުން ސަލާމަތްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެކަމުގައި ހަރަކާތްތެރިވަމުން އަންނަ ޓީމުތަކުން ވަނީ ބުނެފައެވެ.

ޔަމްބަލީ ނަމަކަށްކިޔާ އެ އަވަށަކީ ގާތްގަނޑަކަށް ހަތަރު ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ އަވަށެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ އަވަށުގެ ހުރިހާ ގެއެއްހެން ފަހާއި ބޮޑެތި ހިލަތަކުގެ ދަށުވެފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު 100 އަށްވުރެ މަތިވުން އެކަށީގެންވާކަމުގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތްފަށާފައިވާ ޓީމުތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް