މަހްރަމަކާނުލާ އިންޑިއާގައި އަންހެނުން ހައްޖަށް ފޮނުވަން ފަށައިފި – ފުރަތަމަ ބެޗް އިއްޔެ ފުރައިފި

މަހްރަމަކާނުލާ ހައްޖަށްދާ އަންހެނުންގެ ފުރަތަމަ ބެޗް އިއްޔެ ފުރާފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. އެގޮތުން އިންޑިއާގެ ދަ ހިންދޫގައި ބުނެފައިވަނީ އިއްޔެ ހަވީރު ކަރިޕޫރު ސިޓީގެ ކަލިކަޓް...

25 May 2024 | 02:09

މަހްރަމަކާނުލާ ހައްޖަށްދާ އަންހެނުންގެ ފުރަތަމަ ބެޗް އިއްޔެ ފުރާފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ދަ ހިންދޫގައި ބުނެފައިވަނީ އިއްޔެ ހަވީރު ކަރިޕޫރު ސިޓީގެ ކަލިކަޓް އިންޓަނޭޝަން އެއާޕޯޓުން ދިއްދާއަށް ފުރި ފްލައިޓަކީ ތާރީޚީ ފްލައިޓެއް ކަމަށާއި އެއީ މަހްރަމަކާ ނުލާ އިންޑިއާއިން ހައްޖަށް ފުރާ ފުރަތަމަ ބެޗް ކަމަށެވެ. އެ ބެޗްގައި 166 އަންހެނަކު ފުރާފައިވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުކޮށްފައިވާގޮތުގައި މި އަހަރު ކެރެލާއިން އެކަނި 3410 އަންހެނަކު މަހްރަމަކާ ނުލާ ހައްޖަށް ދާނެއެވެ.

މަހްރަމަކާނުލާ އަންހެނުންނަށް ހައްޖަށް ދެވޭނެކަން ސަޢޫދީ އަރަބިއްޔާއިން އިޢުލާނުކުރީ 2022 ވަނަ އަހަރުގައެވެ.

އެ އަހަރު ސަޢޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވެފައިވަނީ އޭގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް އަންހެން ހައްޖުވެރިންނަށް މަހްރަމަކާނުލައި ހައްޖުގެ އަޅުކަން އަދާކުރެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް