ތެޔޮ ބޯޓަކުން ޓޭންކަކަށް ތެޔޮ އަޅަނިކޮށް އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ތެޔޮ ބޯޓަކުން ޓޭންކަކަށް ތެޔޮ އަޅަން އުޅެނިކޮށް އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ. "ދުވަސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި އޮތް ތެޔޮ ބޯޓ...

25 May 2023 | 13:28

ގދ. ތިނަދޫގައި ތެޔޮ ބޯޓަކުން ޓޭންކަކަށް ތެޔޮ އަޅަން އުޅެނިކޮށް އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ.

"ދުވަސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި މީހާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ތިނަދޫ ފަޅުގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވީ ބޯޓުން ޓޭންކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ތެޔޮ ޕަމްޕުގެ ހޮޅީގައި ރޯވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް