ކުރިޔަށް އޮތް ބޮޑު އީދުގައި10 ބަކަރި ކަތލައި އާންމުންނަށް ހަދިޔާ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ބޮޑު އީދުގައި އުރީދޫއާ ގުޅިގެން ކުޑަ ސްކޭލެއްގައި އުލްހިޔާ ކަތިލުމުގެ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި މި އަހަރު ގިނަ ސްޕޮންސަރުން ހޯދައިގެން ވަރަށް ފުޅާކޮށް އެކަން ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަކަރި މަސް ހަދިޔާ ކުރުމަށް ނިންމާފައިވަނީ މާލޭ ރައްޔިތުންނާއި ފިޔަވަތި ކަހަލަ ތަންތަނަށެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް