ރާއްޖޭގައި އޮސްޓްރޭލިއާ ހައި ކޮމިޝަނެއް ހުޅުވައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވުމުން އުފާކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހައި ކޮމިޝަން ހުޅުވުމުން ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. މި އޮފީސް ހުޅުވުމުން އާ އުސްމިންތަތަކަށް ގުޅުން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވިޔަސް، އަދިވެސް ޕޯސްޕޯޓާއި ވިސާ ފަދަ ކޮންސިއުލާ ހިދުމަތްތައް ދޭނީ ލަންކާގައި ހުންނަ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށް ހައި ކޮމިޝަންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. ނަމަވެސް ކޮންސިއުލާގެ ހިދުމަތްތައް ކުރިއަށް ވުރެ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
ހައި ކޮމިޝަން ގާއިމްކުރީ ޖެން ހޮޓަލުގެ ފަސްވަނަ ފަންގިފިލާގައި އެވެ.
ރާއްޖެއިން އޮސްޓްރޭލިއާއެކު ހާރިޖީ ގުޅުން ގާއިމުކުރީ ޖޫން 1974 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް