ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއު ނިމުމާއި ގާތަށް

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު ނިމުމަކާއި ގާތް ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށެވެ. ތާރު ...

25 May 2023 | 07:03

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު ނިމުމަކާއި ގާތް ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށެވެ. ތާރު އެޅުމުގެ މަސައްކަތުގެ 95 އިނަސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެ އެވެ. އަދި 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރާނެ އެވެ.

މީގެ އިތުރުން 11,114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް