މާފަރު އެއާޕޯޓް ރަންވޭ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެކަން ހިނގީ މިއަދު 09:27 ހާއިރު ކަމަށާއި ނ. މާފަރު އެއާޕޯޓް ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ރިޕޯޓް ކުރި ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެކެވެ.
މި ހާދިސާ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް