ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެރުވުމުގެ ޖަލްސާ އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނީ އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ކަމަށެވެ.
ބޮޑު ޖަލްސާއެއްގެ ގޮތުގައި މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައި އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް އައްޔަން ކުރީ ޕްރައިމަރީ އަކައި ނުލައި، ކައުންސިލަށް ހުށަހެޅި ގަރާރެއް ފާސްކޮށްގެންނެވެ.
ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދީފައި ވަނިކޮށް ޖޭޕީން ނިންމީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަންށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް