ފ. އަތޮޅު ކަނޑުއަޑިން މަސްތުވާތަކެތި ފެނިގެން ފުލުހުން ފެށި އޮޕަރޭޝަން މިހާރު ނިންމާލާފައިވާކަމަށް ބުނެފިއެވެ.
އެގޮތުން މިރޭ ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު ފާފު ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުރި މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން މިހާރު ނިންމާފައިވާކަމަށެވެ.
"މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ، އޮޕަރޭޝަންގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހިރޮއިން ކަމަށް ބެލެވޭ 45 ކިލޯ" ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފާފު އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފާފު އަތޮޅުގެ ފުލުހުން އެދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް