ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުމަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމެންޓު ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި ކަމަށް އެ މަޝްރޫއުގެ ކޮނޓްރެކްޓަރު އެމްޓީިސީސީން ބުނެފި އ...

25 May 2022 | 10:49

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި ކަމަށް އެ މަޝްރޫއުގެ ކޮނޓްރެކްޓަރު އެމްޓީިސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެތަކެތި ގެންދިޔައީ އިއްޔެ ކަމަށެވެ. އަދި މިހާރު އެ މަޝްރޫއުގެ ދަށުން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަަކަ މީޓަރުގެ ސަރަަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދާނެ އެވެ. އަދި މަސައްކަތް ނިމޭއިރު ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މިއީ 69.8 މިލިއަން ރުފޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް