ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް އެކްސިޑެންޓުވެ، ދޯނި އަޑިއަށް ގޮސްފި

ސަފާރީ އަކާއި މުދާ އުފުލާ ދޯންޏެއް ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭ ހުޅަނގު ފަރާތު ކަނޑުމަތިންނެވެ. މި ހާދިސާގައި "ހުވަނދުމާ2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ވަނ...

25 May 2022 | 08:33

ސަފާރީ އަކާއި މުދާ އުފުލާ ދޯންޏެއް ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭ ހުޅަނގު ފަރާތު ކަނޑުމަތިންނެވެ. މި ހާދިސާގައި "ހުވަނދުމާ2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަތީގައި ސަފާރީ އާއި ދޯނި ޖެހުމުން ދޯނި ވަޅައިގެންދިޔަ ކަމަށެވެ. އަދި ދޯނި މާލޭ ފަޅަށް ވެއްދީ ޕަންޕުން ފެން ހިއްކަމުން ކަމަށެވެ.

މާލޭ ފަޅަށް ވެއްދި ފަހުން ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ ދޯނީގައި އުފުލާފައިވަނީ ގިނައިން ލަކުޑީގެ ބާވަތްތަކެވެ. ސިފައިންނާއި ދޯނީގެ ވެރި ފަރާތް ގުޅިގެން ލަކުޑިތައް މޫދުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި ކެރޭނެއްގެ އެހީގައި ދޯނި ފެންމަތި ކުރުމުގެ މަ×ސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް