ބަސްތައް ޕާކު ކުރަން އެމްޓީސީސީއަށް ހުޅުުމާލެއިން ބިމެއް ދީފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުރާން ހުޅުމާލެއިން ބިމެއް ދީފި އެވެ. ހުޅުމާލެއިން ބަސްތައް ޕާކުރަން އެމްޓީސީސީއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގަ...

25 May 2022 | 06:37

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުރާން ހުޅުމާލެއިން ބިމެއް ދީފި އެވެ.

ހުޅުމާލެއިން ބަސްތައް ޕާކުރަން އެމްޓީސީސީއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާ އެވެ.

އެމްޓީސީސީގެ ބަސްތައް ޕާކުކުރަން ދީފައިވާނީ ބުރިޖުން ހުޅުމާލެ އަންނައިރު ހުންނަ ބަސް ޓާމިނަލެވެ.

އެމްޓީސީސީން ދަނީ ގްރްޭޓާ މާލޭގެ ބަސްދަތުރުތައް ޑިމާންޑާއި އެއްވަރަށް އިތުރު ކުރުމަށް އިތުރު ބަސްތައް ގެންނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި15 ބަސް ރާއްޖެ ގެނެސްފައިވެ އެވެ.

އެމްޓީސީސީން ބުނީ އެ ބަސްތަކާއި އެކު އަލަށް އާބާދުވަމުންދާ ހުޅުމާލޭ ފޭސް2 ގައި ދިމާވަމުންދާ ބަސް ދަތުރުތަކުގެ ތާށިކަމަށް ހައްލު ލިބޭނެ ކަމަށެވެ. އެ ބަސްތައް ބޭނުން ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް