އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ދަރިވަރުން މަރާލައިފި

އެމެރިކާގެ ޓެކްސެސްގެ ޕްރައިމަރީ ސްކޫލެއްގައި ބަޑި ޖަހައި19 ދަރިވަރުންނާއި އިތުރު ދެ މީހަކު މަރާލައިފި އެވެ. އެހުރިހާ ކުދިން މަރާލީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ޓެކްސަސް ފުލުހުން ބުނީ އެ މީހާ އަ...

25 May 2022 | 05:13

އެމެރިކާގެ ޓެކްސެސްގެ ޕްރައިމަރީ ސްކޫލެއްގައި ބަޑި ޖަހައި19 ދަރިވަރުންނާއި އިތުރު ދެ މީހަކު މަރާލައިފި އެވެ.

އެހުރިހާ ކުދިން މަރާލީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ޓެކްސަސް ފުލުހުން ބުނީ އެ މީހާ އަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން އެމީހާ މަރާލާލީ އެ ސްކޫލްގެ ކްލާސްރޫމް ތަކަށް ވަކިވަކިން ވަދެ ބަޑި ޖަހަމުން ދަނިކޮށެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ކުދިން ޒަހަމްވެފައިވެ އެވެ.

އަދި އެމީހާގެ މައްޗަށް ވަނީ އޭނާގެ މާމަ މަރާލި ކަމަށްވެސް ތުހުމަތު ކުރެވިފައި އެވެ. އޭނާގެ އެ އަމަލުގައި އިތުރު މީހަކު ބައިވެރިވާ ކަމެއް އަދި ނޭނގެ އެވެ.

މިމަހު ކުރީކޮޅުވެސް އެމެރިކާގައި ބަޑިޖަހައި10 މީހަކު މަރާލާފައިވެ އެވެ. ނަސްލީ ތަފާތު ކުރުން ގެންގުޅޭ އެމީހާ މަރާލީ ކަޅު ނަސްލުގެ ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް