އަނެއްކާވެސް މާފަންނަނު އިހުސާން ފިހާރައިން ވައްކަންކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން އާއްމުކުރި ވީޑިއޯގައި ވަނީ، މި މަހުގެ 14 ވަނަ ދުވަހު 14:35 އެހައިކަންހާއިރު މާފަންނު، މިރިޔާސްމަގު ގައި ހުންނަ އިހުސާން ފިހާރައިން ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.
https://twitter.com/PoliceMv/status/1397103707758596101
މީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487001 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރުއަދާކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހުވެސް ވަނީ އިހުސާން ފިހާރައިން ވައްކަންކޮށްގެން މީހަކު ހޯދުމަށް ވީޑިއޯ އާއްމުކޮށްފައެވެ. އެފަހަރު ވައްކަންކޮށްފައި ވަނީ “އިހުސާން ފިހާރަ 1” އަށް ރަތްކޮތަޅެއް ހިފައިގެން ވަތް މީހެކެވެ. އިހުސާން ފިހާރައިން އެފަހަރު ވައްކަން ކުރި މީހާ ހޯދައިދޭ މީހަކަށް 500 ރުފިޔާގެ އިނާމެއް ވެސްއެ ފިހާރައިން ހުށަހަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް