ޕެސްޓްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ޕެސްޓްގެ ބަންދުގެ މުއްދ...

25 May 2021 | 15:08

ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ޕެސްޓްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ، ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން އޮންނައޮތުމުންނެވެ.

ޕެސްޓް ހައްޔަރުކޮށްފައި ވަނ،ީ ފެބްރުއަރީ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތެކީގެ އޮޕަރޭޝަނެއްގައެވެ. އޭނާ އާއި އެކު އިތުރު ތިން މީހަކު ހައްޔަރުކުރި އެވެ.

އެމީހުން ހައްޔަރު ކުރި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކޮށްކޮށްފައިވާ ކަމަށެވެ.

ޕެސްޓް މަޝްހޫރުވެފައިވަނީ “ރެޕް ކިންގް” ގެ ގޮތުގައި އެވެ.

އޭނާ އާންމުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ 2011 ވަނަ އަހަރު އޭނާ ކިޔާފައިވާ “ރީތި ކުދިން” ލަވަޔާ އެކުގަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް