ޑރ ހުސައިން އަށް ރުހުން ދިނުން ފަސްކޮށް، ޝައުނާއަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު އަހުމަދަށް ރުހުން ދިނުން ފަސްކޮށް، އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި...

25 May 2021 | 14:24

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު އަހުމަދަށް ރުހުން ދިނުން ފަސްކޮށް، އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އާމިނަތު ޝައުނާއަށް ރުހުން ދޭންް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސް ކޮށްފިއެވެ.

އެ ދެބޭފުޅުން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ޑރ. ހުސައިން އަށް ރުހުން ދިނުން މަޑުޖައްސާލަން ނިންމީ އޭނާގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުންނެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ކޮމިޓީން ވަކިގޮތެއް ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ރައީސް އޮފީހުގެ ބަހެއް މިކަމުގައި ހޯދުމަށެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. ޑރ، ހުސެން ހުންނެވީ އެންވަޔަރަމަންޓު މިނިސްޓަރު ކަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް