ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުގެ ތެރެއިން މާލެ އާއި ހުޅުމާލެ އާއި އެމްޕީއެލްއިން ކުރިޔަށް ގެންދާ އާންމު ބަސް ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މާދަމާއިން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ އިތުރު ފިޔަވަޅުތަކާއި ގުޅިގެންނެވެ.
އެމްޕީއެލްއިން ބުނީ މާދަމާއިން ފެށިގެން ދަތުރުތައް މެދުކަނޑާލަނީ މުއްދަތެއް ނެތްގޮތަށް ކަމަށެވެ. އަދި ހާލަތަށް އަންނަ ބަދަލާއި ފިޔަވަޅުތަކަށް ލުއި ގެނައުމާއި އެކު ދަތުރުތައް އަލުން ފެށުމާއި ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ބުނެ އެވެ.
މި މުއްދަތުުގައި އާންމު ބަސް ދަތުރުތައް މެދުކަނޑާލި ނަމަވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި އޮފީސްތަކަށް ދާ މީހުންނަށް ވަކި ގަޑިތަކެއްގައި ބަސް ދަތުރުތައް އޮންނާނެ ކަމަށް ބުނެ އެވެ. އެ ދަތުރުތައް އޮންނާނީ ނުވަ ގަޑިއެއްގައި އެވެ.
https://twitter.com/gmtl_mv/status/1397152062987661320
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް