ހުޅުމާލެއަކީ ސާފު ރީތި ތަނަކަށް ހެދުމަށް އެންމެން އެއްބާރުލުން ބޭނުންވާކަމަށް ހައުސިންގް ޑިވިޕޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްގައިމު ސާފު އަވަށެއްގެ ގޮތުގައި ބޭއްވުމަށް ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސިލްސިލާ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ.
މިގޮތުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް އާއްމުކޮށް ބޭނުންކޮށްފައި އުކާލާފައި ހުންނަ ކުނި ގިނަވެފައި ވާތީ އެސަރަޙައްދުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ މި މަހުގެ 10 ވަނަ ދުވަހު ފެށިފައެވެ. އަދި މި މަސައްކަތްތައް ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
މި މަސައްކަތްތަކުގެ ދަށުން އިއްޔެ އެކަނި ވެސް ވަނީ 12 ޓަނުގެ ކުނި އެއްކުރެވި އުކާލެވިފައެވެ. މި މަސައްކަތް ކުރެވެމުން ދަނީ އެ ކޯޕަރޭޝާންގެ މުނިސިޕަލް ޑިޕާޓްމަންޓުގެ މުވައްޒަފުން މެދުވެރިކޮށެވެ. ހުޅުމާލެ އަކީ ޒަމާނީ ސިޓީއެއްގެ ކުލަވަރު ޖައްސާ، ޒަމާނީ އެކި ވަސީލަތްތަކާއި އެކު ތަރައްޤީ ކުރެވެމުންދާ އަވަށެއްކަމުން، ހުޅުމާލޭގެ މާހައުލަކީ ސާފު ރީތި ތަނަކަށް ހެދުމަށް އާއްމުންގެ އެއްބާރުލުން މުހިއްމު ކަމުގައި އެކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާއި ކުނި މަދުކޮށް، އާއްމުން ބޭނުންކުރާ ޕާކުތައް ފަދަ ތަންތާގައި ބެހެއްޓިފައި ހުންނަ ޑަސްޓްބިން ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެޗްޑިީސީއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުންވެސް ގޭބިސީތަކުން ކުނި އުކާލުމުގައި ވެމްކޯއިން ދެމުންގެންދާ ޙިދުމަތުގެ ބޭނުން ހިފާ، ދިރިއުޅޭ ސަރަޙައްދުތަކަށް ކުނި އުކުން މަދުކުރުމަށް އެޗްޑީސީއިން ވަނީ އާއްމުންނަށް ނަސޭހަތްތެރި ވެފައެވެ.
އަދި މި ފަދަ އިތުރު ޕްރޮގްރާމްތައް ކުރިއެކޭވެސް އެއްފަދައިން އެކި ދުވަސްތަކަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގް ޑިވިޕޮލްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް