ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. އޮފީހުން ހާމަކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅިގެން އެޅުމަށް އެންމެފަހުން ނިންމާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކަށް ގެންނަން ހަމަޖެހިފައިވާ ބަދަލުތަކުގެ ފަހުގެ ތަފްސީލު ޙިއްސާކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މިއީ މިފަހުން، ކޯވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އިއްޔެ އެކަނިވެސް ކޮވިޑްގައި ރާއްޖެއިން 13 މީހުންވަނީ ނިޔާވެފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ ޢަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވާން ފަށާފައެވެ.
އަދި މިކަމާއި ގުޅިގެން މާލެ ޞަރަޙައްދާއި އަތޮޅުތަކުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގުމަށް މިހާރުވަނީ އަންގާފައެވެ.
ކޮވިޑްގެ ކަންކަމުގައި އެންމެ ފަހުގެ އަދާހަމަތައް ރައްޔިތުންނަށް ގެނެސްދެނީ އެޗްއީއޯސީއިން ސިލްސިލާކޮށް ބާއްވާ ޕްރެސް ކޮންފަރެންސްގައެވެ. މިހާރު މި ޕްރެސްތައް ވަނީ ހަވީރު ބާއްވާގޮތަށް ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް