މިހާރު މަމެން ޑޭޓާ-އެޑްއޮންސް ތަކުން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ!

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން 2021 ޖޫން 30ގެ ނިޔަލަށް، މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން 50 ޕަސެންޓު ޑިސްކައު...

25 May 2021 | 11:39

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 2021 ޖޫން 30ގެ ނިޔަލަށް، މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން 50 ޕަސެންޓު ޑިސްކައުންޓްލިބިގެން ދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެއެވެ. އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެއެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެއެވެ. ހުރިހާ ކަސްޓަމަރުންވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް. އެމް. އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި  އެޕެއްކަންވެސް ފާހަނގަކޮށްލެވެއެވެ.

އަބަދުވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

އިތުރު މައުލޫމާތު:

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް