އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމް ކުރާނީ ދިވެހި ސަރުކާޜުން ހުއްދަ ދިނުމުން ކަމަށް އެ ގައުމުން ބުނެފި އެވެ.
އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްއެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ފާސްކޮށްފި ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓު ކުރީ މިއަދު އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އައްޑޫގައި ކޮންސިއުލޭޓް ހުޅުވުމުން ރާއްޖޭގައި އިންޑިއާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާވެގެން ދާނެ އެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ކޮމިޝަނުން ބުނީ އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމަން އަދި ނިންމާފައި ނުވާ ކަމަށާއި އިންޑިއާ ކެބިނެޓުން އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ނިންމާފައި އެވަނީ އައްޑޫގައި ކޮންސިއުލޭޓެއް އެޅުމަށް ފެންނަ ކަމަށެވެ. މިކަމަށް އަމަލީ ސިފައެއް އިންޑިއާއަށް ގެނެވޭނީ ދިވެހި ސަރުކާރުން އެކަމަށް ހުއްދަދީގެން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ހައި ކޮމިޝަނުން ބުނީ އައްޑޫ ސިޓީ އަކީ އިންޑިއާ ސަރުކާރުގެ އެހީގައި 200 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކެއް ކުރިޔަށްދާ ސިޓީއެއް ކަމަށެވެ. އޭގެ ތެރޭގައި ގަން އިންޓަނޭޝަންލ އެއާޕޯޓު ތަރައްގީ ކުރުމާއި، އައްޑޫ ސިޓީ ލިންކް ރޯޑާއި ޓޫރިޒަމް ފުޅާ ކުރުމާއި ރިހެބިލިޓޭޝަން ސެންޓަރެއް އެޅުން ހިމެނެ އެވެ.
މިހާ ގިނަ ޕްރޮޖެކްޓުތަކެއް ހިނގަމުން ދާއިރު އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ހުށަހަޅަން ނިންމީ އައްޑޫ ވިޔަފާރީގެ މަރުކަޒަކަށް ހެދުމަށް ކަމަށެވެ. އަދި މިޕްރޮޖެކްޓުތައް ނިމުމުން އިންޑިއާ އއި މި ސަރަހައްދުގެ އެހެން ގައުމުތަކާއި އައްޑޫ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނި އިންޑިއާއަށް ދަރުތުރު ކުރަން ބޭނުންވާ ދެކުނުގެ އަތޮޅުގެ މީހުން ވިސާ ޖަހަން މާލެ އަންނަން ޖެހުމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބޭ ކަމަށެވެ. ދިވެހި ސަރުކާރުން އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ހުއްދަ ދީފި ނަމަ މާލެ ވިއްސާ ހައްދަން އަންނަ ދެކުނު ދިވެހިންނަށް ކުއި ވެ، އައްޑޫގައި މަސައްކަތް ކުރާ އިންޑިއާ ނަރުހުންނާއި ޓީޗަރުންނަނށް ފަސޭހަ ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް