ކޮވިޑުގެ ހާލަތު ވަރަށް ގޯސްވެފައިވާ މި ހާލަތަކީ އެއް ބަޔަކު އަނެއް ބަޔަކު ބްލޭމްކުރަންވީ ވަގުތު ނޫން ކަމުގައި މަޝްހޫރު އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް) ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ލޫކަސް ބުނެފައިވަނީ އެމްޑީޕީ މީހުން ޕީޕީއެމްއަށް، ޕީޕީއެމް މީހުން އެމްޑީޕީއަށް އެއްބަޔަކު އަނެއް ބަޔަކަށް ބްލޭމްކުރަންވީ ވަގުތެއް ނޫން ކަމަށާއި ސިޔާސީ އެންމެންނަށްވެސް ވަނީ ގޯސްތަކެއް ހެދިފައިވާކަމަށެވެ.
"މި އުނދަގޫ ހާލަތުން އަރައިގަތުމަށް ގައުމެއްގޮތުގަ މަސައްކަތްކުރަންވީ ވަގުތު" ލޫކަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.
https://twitter.com/Lucasjalyl/status/1397071587904348160
ލޫކަސް މިހެން ބުނެފައިވާއިރު ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ. ދުވާލަކު ޕޮޒިޓިވް ވާ އަދަދު ހާހުން މަތީގައި ހުންނައިރު ދުވާލަކު ފަސް، ހަ މީހުން ރާއްޖެއިން ކޮވިޑުގައި އެބަ ދުނިޔެ ދޫކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް