މުއްދަތު ހަމަވެފައިވާ ޑްރައިވިންގ ލައިސެންސް ޖުލައި 31ގެ ނިޔަލަށް ބޭނުންކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާތީ، ރައްޔިތުންނަށް ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، 01 މޭއި 2021 ން ފެށިގެން މުއްދަތުހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް 31 ޖުލައި 2021 ގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 މާރިޗު 2020 ގައި، މިނިސްޓްރީ އޮފް ހެލްތް އިން އިޢުލާނު ކޮށްފައިވާތީ ދަންނަވަމެވެ. ކޯވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން ރައްޔިތުންނަށް ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، 01 މޭއި 2021 ން ފެށިގެން މުއްދަތުހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް 31 ޖުލައި 2021 ގެ ނިޔަލަށް ބޭނުންކުރެވޭނެކަން ޢާންމުކޮށް އަންގައި އިއުލާނުކުރީމެވެ." އެ އޮތޯރިޓީގެ އިއުލާންގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް