ޅޮހީ އިސްމެޖިސްޓްރޭޓާ މެދު ސުލޫކީ ފިޔަވަޅު އަޅަނީ

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީީ)ން ނިންމައިފިއެވެ. އެ ކޮމިޝަނުން ހަމަކުރި ގޮތުގައި ޅޮހީ މެޖިސްޓ...

25 May 2021 | 09:40

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީީ)ން ނިންމައިފިއެވެ.

އެ ކޮމިޝަނުން ހަމަކުރި ގޮތުގައި ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ 2 ޤަޟިއްޔާއަކުން އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކު ތަނާޒުލްވެފައި ވަނީ ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ 2 ވަނަ ނަންބަރުގައި އަދި އެ ނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފަނޑިޔާރަކާ ހަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފަދަ ހާލަތެއްގައި ނޫނެވެ. އަދި އަހުމަދު ހަސަން މަނިކުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 އާއި ޝަރީއަތް ކުރުމާބެހޭ ގަަވާއިދު 6 ގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ ދަށުން އަންނަ ދެވަނަ ނަންބަރާއި ޚިލާފު އަމަލެއް ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ޖޭއެސްސީން އިތުރަށް ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 16 މޭ 2021 ގައި ބޭއްވި މި އަހަރުގެ އެ ކޮމިޝަނުގެ 40 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް