މެޖިސްޓްރޭޓް ދެ ކޯޓަކަށް ޢައްޔަންކުރި ފަނޑިޔާރުން ހުވާކޮށްފި

މެޖިސްޓްރޭޓް ދެ ކޯޓަކަށް ޢައްޔަންކުރި ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނަށް ކުރިމަތިލީފަރާތްތަކުގެ ތެރެއިން މެޖިސްޓްރޭ...

25 May 2021 | 09:32

މެޖިސްޓްރޭޓް ދެ ކޯޓަކަށް ޢައްޔަންކުރި ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނަށް ކުރިމަތިލީފަރާތްތަކުގެ ތެރެއިން މެޖިސްޓްރޭޓް ދެ ކޯޓަކަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމެވި ދެ ބޭފުޅުންމަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އޮންލައިންކޮށެވެ.

މިއަދު މަޤާމުގެ ހުވާކުރެއްވި ދެ ބޭފުޅުންނަކީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ސ.ހިތަދޫ ސެވެންސްޓަރ، އަލްއުސްތާޛާ ޒިޔާދާ ޠާހިރު އާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ލ. ކުނަހަންދޫ ލިލަކު، އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛާ ޒިޔާދާ ޠާހިރަކީ ޔުނިވަރސިޓީއޮފް ލަންޑަން އިން ބެޗްލަރ އޮފް ލޯސް ހާޞިލްކުރައްވާފައިވާ ކަނބަލެކެވެ. އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަޤާމު އަށް އަހަރު އަދާކުރައްވާފައެވެ. އަދި 01 އޭޕްރީލް 2019 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަގާމުގައެވެ.

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާޞިލްކުރައްވާފައިވާ ކަނބަލެކެވެ. އަދި އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމު އެއް އަހަރާއި 10 މަސް ދުވަހު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް