މާދަމާއިން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.
.
މިކަން ހާމަކޮށް އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ވަނީ މި ދުވަސްތަކުގައި އެ އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ވެސް ބަޔާންކޮށްފައެވެ.
- ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް.
- ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް.
ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ބޭންކުން މި ގޮތަށް ނިންމީ ހަލުއި ކަމާއެކު ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް