އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމްކުރަން އިންޑިއާއިން ފާސްކޮށްފި

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްއެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ފާސްކޮށްފިއެވެ. މި ކޮންސިއުލޭޓްގެ ސަަބަބުން ރާއްޖޭގައި އިންޑިއާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާވެގ...

25 May 2021 | 09:14

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްއެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ފާސްކޮށްފިއެވެ. މި ކޮންސިއުލޭޓްގެ ސަަބަބުން ރާއްޖޭގައި އިންޑިއާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާވެގެން ދާނެ ކަމަށާއި،މިހާރު ކުރިއަށް ގެންދަމުންދާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް ރާވާފައިވާ ޙަރަކާތްތައް ރާއްޖޭގައި ހިންގުމުގެ މަގު ފަސޭހަކަމާއިއެކު ތަނަވަސް ވެގެންދާނެ ކަމަށް އިންޑިއާގެ ދޫރްދަރްޝަން ނިއުސް ނެޓްވޯކުން ރިޕޯޓް ކުރެއެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ވަނީ،އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާއި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރާއި މެދު ގުޅުން ވަރުގަދަ ވުމުގެ ސަބަބުން، ކުރިން އަންދާޒާ ކުރެވިފައި ނުވާ މިންވަރަށް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، އައު އުސްމިންތަަކަކަށް ގޮސްފައިވާ ކަމަށެވެ.

މި ކޮންސިއުލޭޓާއި އެކު، މޯދީގެ ބީޖޭޕީ ޕާޓީން ގެންގުޅޭ ސިޔާސީ ސިޔާސަތު ކަމަށްވާ " ސަބްކާ ސާތު، ސަބްކާ ވިކާސް" ސިޔާސީ ފިކުރު އިތުރަށް ފުޅާވެ، އިންޑިއާގެ ޤައުމިއްޔަތު ވަރުގަދަ ވެ އެ ޤައުމަށް ތަރައްޤީގެ އައު ހަރުފަތްތަކަކާއި ހަމައަށް ދާނެ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ސިޔާސަތަކީ، އިންޑިއާގެ ޤައުމީ ފިކުރު އިސްކޮށް، ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އެ ޕާޓީން ގެންގުޅޭ ފިކުރެކެވެ.

މީގެ އިތުރުން، އިންޑިއާގެ އުފެއްދުންތަކަށް އައު މާރކެޓެއް ލިބި، އިންޑިއާގެ ގިނަ ކުންފުނިތަކަކަށް އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ އިތުރުން، ފޯރުކޮށްދޭ ޚިދުމަތްތައް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެހެނިހެން ގިނަ މަންފާތަކަށްވެސް މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ.އަދި މިކަމުގެ ސަބަބުން، އެ ޤައުމުގައި މުދާ އުފައްދާ މިންވަރު އިތުރުވެ، އިންޑިއާއަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެެއްދިގެންދާނެ ކަަމަށާއި، އިންޑިއާއަކީ އަމިއްލަ ޤައުމަށް އެކަނި ބަރޯސާވާ ޤައުމަކަށް ހެދުމަށް މިއީ މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް