ރ. ވާދޫގެ ހުރިހާ މުވައްސަސާތައް ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފަންޑް ރެއިޒިން ހަރަކާތެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ހަރަކާތަކީ ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެޙިތެރިވުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއެވެ.
މި ހަރަކާތުގެ ދަށުން، ވާދޫގެ 3 ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ ރ. ވާދޫ ސިއްހީ މަރުކަޒާއި، ރ. ވާދޫ ކައުންސިލްގެ އިދާރާގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ރ. ވާދޫ އޮފީސް ހުންނަ އިމާރާތުގައެވެ.
މި ހަރަކާތް އިއްޔެ ހެނދުނު ފަށާފައި ވާއިރު، ފަންޑު ފޮށި ހުޅުވައިދެއްވީ ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުލް ޤާދިރު އިބްރާހިމް އެވެ.
މި ހަރަކާތް ކުރިއަށް ދާނީ 3 ޖޫން 2021 ވާ ދުވަހުގެ މެންދުރު ފަހު 12:30ގެ ނިޔަލަށެވެ. މި ހަަރަކާތުން ލިބޭ ފައިސާ ހަދިޔާކުރާނީ އިންޓަނެޝަނަލް އެއިޑްސް ކެމްޕެއިން މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް