ކޯވިޑަށް ގިނައިން ފައްސި ވަނީ ވަޒީފާގައި ނޫލޭ މީހުން!

ކޯވިޑު-19 އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ވަޒީފާ އަދާ ނުކުރާ މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ. އެ ސެންޓަރުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް...

25 May 2021 | 08:36

ކޯވިޑު-19 އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ވަޒީފާ އަދާ ނުކުރާ މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

އެ ސެންޓަރުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް އިއްޔެ ވިދާޅުވީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެންމެ ގިނަ ބަޔަކު އެ ބައްޔަށް ފައްސިވެފައި ވަނީ މި މަހު ކަމަށްވެފައި ބަލި ޖެހޭ އަންހެނުންނާއި ފިރިހެނުންގެ އަދަދު ހުރީ އެއް ވަރެއްގައި ކަމަށެވެ.

އަފްޒަލް ވިދާޅުވީ މިހާރު ގިނަ ބަޔަކު ފައްސިވަނީ ފްލޫ ކްލިނިކްތަކުން ކަމަށެވެ. އޭގެ އިތުރުން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓުކުރި މީހުންނާއި އެކްޓިވް ސަވަޔަލަންސް އާއި ކޮންޓެކްޓުން އަދި ފުރުމުގެ ކުރިން ޓެސްޓުކޮށްގެން ފައްސިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ފައްސިވާ މީހުންގެ ތެރެއިން ގިނައީ ގިނައީ ވަޒީފާއަކަށް ނުދާ ކެޓަގަރީގައި ހިމެނޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގައި ދެ ޖިންސުގެ މީހުންގެ މެދުގައި މާ ބޮޑު ފަރަގެއް ވެސް ނެތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ފައްސިވާ މީހުންނަށް ބަލާ އިރު ގިނައީ އެ މީހުންގެ އުމުރަށް ބަލާއިރު ގިނައީ 18-41 އަހަރާ ދެމެދުގެ މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 57,341 މީހަކު ކޮވިޑަށް ފައްސިވެ 144 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. ބަލި ޖެހިގެން މިހާތަނަށް 33،136 މީހުން ރަނގަޅުވި އިރު ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 24,063 އަށް އަރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް