ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ރީނދޫ އަދި ދެކުނަށް ހުދު ސަމާލު ނެރެފައި

ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ބުނެފައިވަނީ، ހުދު ސަމާލު ނެރުނީ ރާއްޖޭގެ އެންމެ ދެކުނުގައިގެ އަތޮޅުތައް ކަމަސްވާ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކަމަށެވެ. އެގޮތުން މިއަދ...

25 May 2021 | 08:33

ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، ހުދު ސަމާލު ނެރުނީ ރާއްޖޭގެ އެންމެ ދެކުނުގައިގެ އަތޮޅުތައް ކަމަސްވާ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކަމަށެވެ.

އެގޮތުން މިއަދުގެ މެންދުރު 1:00 އިން ހަވީރު 6:00 އަށް އެ ދެ ސިޓިއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

އެ ސަރަހައްދުގެ ކަނޑުތައްވެސް އެވަގުތުތަކުގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައި އެވެ. އެ ސަމާލު ނެރެފައިވަނީ މެންދުރު ފަހު3:00 އާއި ހަމަ އަށެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް އާންމުގޮތެއްގައި25 މޭލާއި30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި55 މޭލަށް ވައިގަދަވާނެ އެވެ.

އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރާއިރު ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް