ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ވިޔަފާރި ބަނދަރުގައި އޮއްވައި އަލިފާން ރޯވި ސިންގަޕޫރްގެ ދިދަ ޖެހި ބޯޓުގައި އަނެއްކާވެސް އަލިފާން ރޯވާން ފަށައިފި އެވެ.
'އެކްސް-ޕްރެސް ޕިއާލް' ނަމަކަށް ކިޔާ އެ އާގު ބޯޓުގައި ފުރަތަމަ އަލިފާން ރޯވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަލިފާން ގަނޑު ކޮންމެސް ވަރަކަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު މިއަދު ވަނީ އަނެއްކާވެސް ބޯޓުގައިި ރޯވާން ފަށާފައި އެވެ.
މިއަދު ބޮޑަށް އަލިފާން ރޯވެފައިވަނީ ބޯޓުގެ ޑެގު ދަށުގައި އެވެ.
މި ބޯޯޓުގައި ރޯވެ، އޭގައި ހުރި ބައެއް ކޮންޓެއިނާތައް ދަނީ މޫދަށް ފައިބަމުންނެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި މި ބޯޓް ސްރީލަންގާއިން ދުރަށް، ކަނޑުގެ ފުން ހިސާބަކަށް ގެންދިއުމުގެ މަސައްކަތް ލަންކާ ސަރުކާޜުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށާފަ އެވެ.
ބޯޓުގައި ތިބި 25 ފަޅުވެރިން ވަނީ ރައްކާތެރިތަނަކަށް ގެންދެވިފައިކަމަށް ލަންކާ ސިފައިން ބުނެއެވެ. އޭގެ ތެރެއިން އިންޑިޔާއަށް ނިސްބަތްވާ ދެ ފަޅުވެރިންނަށް އަނިޔާ ލިބިފައިވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
މި ބޯޓުގައި ފަޅުވެރިންގ ެގޮތުގައި ތިބީ ފިލިޕީންސް، އިންޑިޔާ އަދި ރަޝިޔާގެ އިތުރުން ޗައިނާގެ މީހުންނެވެ.
ސިންގަޕޫރް ދިދަ ޖެހި މި ބޯޓުގައި 1486 ކޮންޓެއިނަރު އުފުލާފައި ވެ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ ހަޒިރާ ވިޔަފާރި ބަނދަރުން އަރުވާފައިވާ ނިޓްރިކް އެސިޑްގެ 25 ޓަނާއި އެހެންވެސް ކެމިކަލް އާއި ރީތިވާ ސާމާނު ހިމެނޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް