ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބޯ ފެން ނެތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

"ޯހުޅުމާލެ ކޯވިޑް ފެސިލިޓީ (އެޗްއެމްއެފް) އިން މިނަރަލް ވޯޓާ ހުސްވެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި...

25 May 2021 | 08:03

"ޯހުޅުމާލެ ކޯވިޑް ފެސިލިޓީ (އެޗްއެމްއެފް) އިން މިނަރަލް ވޯޓާ ހުސްވެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެޗްއެމްއެފްގައި ތިބޭ ބަލި މީހުންގެ ކެއިން ބުއިމުގެ ހިދުމަތް ދެނީ ކޭޓަރިން އުސޫލުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ކެއުން އޮންނަ ހުރިހާ ވަގުތެއްގައި އާއި އެ ނޫން ވަގުތުތަކުގައި ވެސް އެތަނުން މިނަރަލް ވޯޓާ ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ހަމައެހެންމެ، އެތަނުން ފެން ލިބޭ ކަމަށްވިޔަސް ބަލިމީހުންގެ އާއިލާގެ ފަރާތުން އިތުރަށް ވެސް ފެން ފޮނުވާ ކަމަށް ބަޔާނުގައިވެއެވެ.

ކޯވިޑް-19 ފެސިލިޓީގައި ތިބި މީހުންނަށް ހެޕީ މާކެޓް ޓްރޭޑިން ކޮމްޕެނީގެ ފަރާތުންވެސް ފެން ހަދިޔާކޮށްފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ ނަމަވެސް އެ ފެނަކީ އެއްވެސް އިރެއްގައި ފެން ހުސްވެގެން ހަދިޔާކުރި ފެން ނޫން ކަމަށެވެ.

""މި ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓާ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ހަގީގަތެއް ނޫން'"" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ"

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް