މާލޭގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ސިއްރުން ވިޔަފާރިކޮށް، ކެފޭ/ ރެސްޓޯރެންޓުތަކުގައި ކާބޯތަކެތީގެ ހިދުމަތް ދޭނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ކާފިއު ވަގުތު އިތުރުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރޭތޯ ވަރަށް ރަނގަޅަށް ބަލަމުންދާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ ފުލުހުން ކަން ފާހަގ ކޮށް އޭނާ ވިދާޅުވީ5،000 ރުފިޔާއިން ގަވައިދާ ހިލާފުވާ ތަންތަން ޖޫރިމަނާ ކުރުމުގެ އިތުރުން24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.
މިހާރު މާލޭގައި ކާފިއު ހިންގަނީ ހަވީރު 4:00 ން ފަތިހު 4:00 އަށެވެ. މާދަމާއިން ފެށިގެން ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއުގެ ވަގުތު އިތުރުކުރަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށެވެ.
މަބްރޫކް ވިދާޅުވީ، ކާފިއުގެ ވަގުތުގައި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓުތަކާއި އެނޫންވެސް ތަންތަނުގެ އެތެރޭގައި ކާފިއުގެ ވަގުތުގައި ހިދުމަތްދޭނަމަ އެތަންތަން 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަަމަށެވެ. އެކަމަކު ހެނދުނު 6:00 އިން މެންދަމު 12:00 އަށް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭއިން މިގޮތަށް އަންގާފައި ވީނަމަވެސް ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި ސިއްރުން ހިދުމަތްދޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓުތަކަށް ގޮސްގެން ހިދުމަތް ހޯދާ މީހުންގެ އަތުން ޖޫރިމަނާ ފީއަށް ވާބައި ހިދުމަތް ހޯދާ މީހުން އަތުން ނަގަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައިގަ ފުލުހުން ބުނެފައިވަނީ އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނާއި ހިއްސާ ކުރުމުން އެ ތަނަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް