ބަނގުރާ ހުރި ކަމަށް ބެލެވޭ ފުޅިތަކަކަކާއި އެކު އައްޑޫ ފޭދޫން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރު...

25 May 2021 | 07:20

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫން ފޭދޫއަށް ދަތުރުކުރި ޓެކްސީއެއްގައި ބަނގުރާ ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މަރަދޫއާ ފޭދޫ ގުޅޭ ހިސާބުން ޓެކްސީ ހުއްޓުވައި ބަލައިފާސްކޮށް މި މަހުގެ 24 ވަނަ ދުވަހުގެ14:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުން ދަތުރުކުރި ޓެކްސީ ހުއްޓުވައި ބަލައިފާސްކުރިއިރު އޭގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 7 ފުޅި ފުލުހުންނަށް ފެނިފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް