ޒާތީ މައުލޫމާތު ހާމަކުރުމުން "ހޫނު ފެނަށް" ވެއްޓުމުން ފައްޔާޒު މައާފަށް އެދިވަޑައިގެންފި

ކޯވިޑް-19 އާއި ގުޅިގެން މާލީ ހާލަތު ދަށްވި ނުވަތަ ވަޒީފާ ގެއްލުނު މަސައްކަތެރިންނަށް ސަރުކާރުން ދެމުން ގެންދާ އިންކަމް ސަޕޯޓް އެލެވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތުތައް އާންމު ކުރެއްވުމާއެކު، ފާޑުކި...

25 May 2021 | 07:07

ކޯވިޑް-19 އާއި ގުޅިގެން މާލީ ހާލަތު ދަށްވި ނުވަތަ ވަޒީފާ ގެއްލުނު މަސައްކަތެރިންނަށް ސަރުކާރުން ދެމުން ގެންދާ އިންކަމް ސަޕޯޓް އެލެވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތުތައް އާންމު ކުރެއްވުމާއެކު، ފާޑުކިޔުން އަމާޒުވެ "ހޫނު ފެނަށް" ވެއްޓުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާފަށް އެދިވަޑައިގެންފި އެވެ.

އެލެވެންސް ލިބެނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބޭނުންވާ ވަކިބަޔަކަށް ކަމަށްބުނެ މީހަކު ކުރި ޓްވީޓަކުން ދިފާއުވުމުގެ ގޮތުން މިނިސްޓަރ ފައްޔާޒް ވަނީ އެލަވަންސް ލިބޭ މީހުންގެ މުސާރަ އާއި، އައިޑީކާޑް ނަމްބަރާއި، އެހެނިހެން ޒާތީ މައުލޫމާތުތައް ހިމެނޭ ލިސްޓް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ހާމަކުރުމުން މިނިސްޓަރު ފައްޔާޒަށް ޓްވިޓާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ރަސްމީ ބޭނުމަކަށް އާއްމުން ސަރުކާރަށް ފޯރުކޮށްދޭ ޒާތީ މައުލޫމާތުތަކެއް އެގޮތަށް އާންމު ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށުމުން ލިސްޓް ވެބްސައިޓުން ނަންގަވައި، މިނިސްޓަރު ފައްޔާޒް ވަނީ މާފަށް އެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މައުލޫމާތުތައް އުނިނުކޮށް އާންމު ކުރެވުމަކީ ހެއްދެވުނު ގޯހެކެވެ.

ނަމަވެސް އައިޑީކާޑް އުނިކުރުމަށް ފަހު އަދި ލިސްޓް އާއްމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް