ކުރީގެ އަދި މީހާރުގެ މަޖިލިސް މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު އަދިވެސް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރީގެ މެމްބަރުންނާއި އަދި މިހާރުގެ މެންބަރުންނާއި އެ ބޭފުޅުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން...

25 May 2021 | 05:49

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރީގެ މެމްބަރުންނާއި އަދި މިހާރުގެ މެންބަރުންނާއި އެ ބޭފުޅުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިގެން މި ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ކުރިން ކުރި އިއުލާން ބާތިލުކޮށް މިޚިދުމަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށް ފިނޭންސުން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލުންނެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް