އެސްޓީއޯގެ އީސްޓޯރ މެދުވެރިކޮށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ އީސްޓޯރ މެދުވެރިކޮށް ވިޔަފާރި ކުރެވޭއިރު ބޭރަށް ދިޔުން މަދުކޮށް، އޮންލައިންކޮށް ވިޔަފާރި ކުރުމަށް އިލްތިމާސްކުުރާ ކަމަށެވެ.
އެސްޓީއޯ އީސްޓޯރ މެދުވެރިކޮށް ސުޕަމާޓާއި ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން ގުދަނުން ވިއްކާ ތަކެތި އޮންލައިންކޮށް ގަނެވޭއިރު މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެއެވެ.
އެސްޓީއޯ އީސްޓޯރއަށް ރަޖިސްޓްރީވާން ނުޖެހޭއިރު https://sto.mv/estore ވެބްސައިޓު މެދުވެރިކޮށް ވިޔަފާރި ކޮށްލެވޭނެއެވެ.
ލޮކްޑައުންއާ ގުޅިގެން ޚިދުމަތް މެދުކަނޑާލުމަށް ފަހު އެސްޓީއޯގެ އީސްޓޯރުގެ ޚިދުމަތް އަލުން ފަށާފައިވަނީ މި ދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް