އައްޑޫ ސިޓީން ކޯވިޑް ޖެހުނު މީހުންގެ އަދަދު 223ށް

އައްޑޫ ސިޓީން އިތުރު 17 މީހަކަށް ކޯވިޑް-19 ޖެހި އެ ސިޓިން ބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު 223ށް އަރައިފިއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އަލ...

25 May 2021 | 05:06

އައްޑޫ ސިޓީން އިތުރު 17 މީހަކަށް ކޯވިޑް-19 ޖެހި އެ ސިޓިން ބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު 223ށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އަލަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫން 10 ކޭސްއާއި، ފޭދޫއިން ދެ ކޭސް އަދި ހުޅުދޫއިން ފަސް ކޭސްއެވެ.

އައްޑޫގެ ރަށްތަކުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން އޭގެ ތެރެއިން 47 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ފަރުވާދެމުން އަންނަނީ 176 މީހަކަށެވެ. ހޯމަ ދުވަހުގެ ރޭ އެ ރަށުން ކޯވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ 83 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފޭދޫއިން 10 މީހުންނާއި، މަރަދޫ ފޭދޫއިން އެކަކު، މަރަދޫއިން ހަ މީހުން، ހިތަދޫއިން 102 މީހުން ސައުތުޕާމް ރިސޯޓުން ފެނުނު ދެ ކޭސްގެ އިތުރަށް މީދޫއިން ހަތް މީހުން ހުޅުދޫއިން 47 މީހުން އަދި ގަމުން އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 576ށް އަރައެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، އެއިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް އޮންލައިންކޮށް ދޭން މިހާރު ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހު އެވެ. މުޅި އައްޑޫ ސިޓީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު، މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެނައެވެ. އެ ފަހަރުގެ މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް