ކުޅުދުއްފުށި ސިޓީ އާންމު ހާލަތަށް ގެނެސްފި

ހދ. ކުޅުދުއްފުށީ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ. ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހު އެވެ....

25 May 2021 | 04:51

ހދ. ކުޅުދުއްފުށީ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ބަލަން ކަނޑއެޅުނު ކަންކަން ބެލުމުން އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަދި މޮނިޓަރިންގެ ހާލަތުގައި އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކުޅުދުއްފުށީގައި މިވަގުތު ކޯވިޑަށް ޕޮސިޓިވް ތިވީ 13 މީހުންނެވެ. އެ އެންމެންނަކީ މިވަގުތު ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް ޓެސްޓު ކުރި އެއްވެސް ރެންޑަމް ސާމްޕަލެއް ޕޮސިޓިވްވެފައެއް ނުވެ އެވެ.

މިވަގުތު މޮނިޓަރިންގެ ހަލަތުގައި އަތޮޅުތެރޭގެ 74 ރަށެއް އެބަ އޮތެވެ. އޭގެ ތެރެއިން ކާފިއު ހިންގަމުން ދަނީ ކޯވިޑްގެ ހާލަތު ގޯސް ރަށްރަށުގައި އެވެ.

އެޗްޕީއޭގެ އެންގުމަކުން މާދަމާއިން ފެށިގެން މޮނިޓަރިންގެ ހާލަތުގައި އޮންނަ ހުރިހާ ރަށެއްގައި ކާފިއު ހިންގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް