ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އިސްތިއުފާދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއުލް ރަޝީދު ފަނޑީޔާރު ކަމުން އިސްތިއުފާދެއްވައިފި އެވެ. ގާޒީ އިސްމާއިލް މަގާޟުން އިސްތިއުފާދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި...

25 May 2021 | 04:47

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއުލް ރަޝީދު ފަނޑީޔާރު ކަމުން އިސްތިއުފާދެއްވައިފި އެވެ.

ގާޒީ އިސްމާއިލް މަގާޟުން އިސްތިއުފާދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. އަދި މަޖިލީހުން ވަނީ އެ މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީއަށް އިއްޔެގެ ޖަލްސާގައި ފޮނުވާފައި އެވެ.

މިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަށް އިސްމާއިލް ރަޝީދު ފޮނުވި ސިޓީގައި ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެންމެހައި ޤާނޫނުތަކާ އިސްލާމީޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް