އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން މެންދުރު 12:00 އާއި ދެމެދުގެ ވަގުތަށެވެ. ބ...

25 May 2021 | 02:06

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން މެންދުރު 12:00 އާއި ދެމެދުގެ ވަގުތަށެވެ.

ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 22 މޭލާއި 27 މޭލާއިދެމެދުގެ ބާރުމިނނުގައި ވައިޖެހުމާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުދަ އެރުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.

މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެކަމަށް ނިމުތުކޮށްފައިވެއެވެ.

އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓުން ބުނެއެވެ.

ކަނޑު އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި އަށްފޫޓާއި ދެމެދުގައިކަމަށްވެސް ފޯކާސްޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް