ގދ. ތިނަދޫ ގއ. ދާންދޫ، އދ. މާމިގިލި، ފ. ނިލަންދޫ އަދި ފީއަލީގައި ކާފިއު ވަގުތު 12 ގަޑިއިރަށް

ގދ. ތިނަދޫ، ގއ. ދާންދޫ، އދ. މާމިގިލި، ފ. ނިލަންދޫ އަދި އެއަތޮޅު ފީއަލީގައި ކާފިއު ހިންގާ ވަގުތު 12 ގަޑިއިރަށް ދިގުދަންމާލަން ނިންމައިފިއެވެ. މިކަން އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލް...

25 May 2021 | 00:16

ގދ. ތިނަދޫ، ގއ. ދާންދޫ، އދ. މާމިގިލި، ފ. ނިލަންދޫ އަދި އެއަތޮޅު ފީއަލީގައި ކާފިއު ހިންގާ ވަގުތު 12 ގަޑިއިރަށް ދިގުދަންމާލަން ނިންމައިފިއެވެ.

މިކަން އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައެވެ.

މި އެންގުމުގައި ބުނެފައިވަނީ މިހިނދުން ފެށިގެން ވަކު ގޮތެއް އަންގަންދެން، އައްޑޫ އަދި ފުވައްމުލައް ސިޓީއާއި ލ. ގަމާއި، ގދ. ތިނަދުއާއި، ގއ. ދާންދުއާއި، އަދ. މާމިގިއްޔާއި، ފ. ނިލަންދޫއާއި ފ. ފީއަލީގައި ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުމެ އުޅުން ހުއްޓައިލުމަށް އަންގާކަމަށެވެ.

މި އެންގުން އަންގާފައިވާއިރު އައްޑޫ އަދި ފުވައްމުލައް ސިޓީ އަދި ލ. ގަމުގައި މިހާރުވެސް ކާފިއު ހިންގަމުން އަންނަނީ 12 ގަޑިއިރަށެވެ.

މި ނިންމުން ނިންމާފައިވާއިރު، މާދަމައިން ފެށިގެން މޮނީޓަރިން ހާލަތަށް ގެނެވޭ ހުރިހާ ރަށެއްގައިވެސް ރޭގަނޑުގެ 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގަންވެސް މިހާރު ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް