އަނެއްކާވެސް ލޮކްޑައުންއަކަށް ދާއިރު ރައްޔިތުންނަށް މާލީ ލުޔެއް ގެނެސްދެއްވުމަށް މޭޔަރު ގޮވާލައްވައިފި

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ހިންގާ ކާފިއު 16 ގަޑިއިރަށް ބަދަލުކޮށް، ކާފިއު ނޫން ވަގުތުގައިވެސް ހުއްދަ ނެތި ނުނިކުމެވޭގޮތް މާދަމައިން ފެށިގެން ހަދަން ނިންމާފައިވާއ...

24 May 2021 | 23:44

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ހިންގާ ކާފިއު 16 ގަޑިއިރަށް ބަދަލުކޮށް، ކާފިއު ނޫން ވަގުތުގައިވެސް ހުއްދަ ނެތި ނުނިކުމެވޭގޮތް މާދަމައިން ފެށިގެން ހަދަން ނިންމާފައިވާއިރު ރައްޔިތުންނަށް މާލީ ޔުލެއް ގެނެސްދެއްވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މޭޔަރު މިކަމަށް ގޮވާލެއްވީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާލެ ސިޓީ ރައްޔިތުން އަނެއްކާވެސް ލޮކްޑައުން އަކަށް 26 މޭއިން ފެށިގެން ދާން ޖެހިފައިވާއިރު، ރައްޔިތުންގެ އާމްދަނީ ލިބޭނެ މަގުތަކާ، ސަރުކާރު ކުންފުނިތަކަށް ދައްކަން މަޖުބޫރު ބިލްތަކާ ސަރުކާރު ބޭންކަށް ދައްކަންޖެހޭ ލޯނުފަދަ ކަންކަމަށް ލުޔެއް ގެނެސްދެއްވުމަށް ގޮވާލާކަމަށެވެ.

https://twitter.com/MMuizzu/status/1396903083863543808

މި މޭރުމުން މޭޔަރު ވަނީ މީގެ ކުރިންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މާލެ ސިޓީގެ ރައްޔިތުންގެ ކަރަންޓާއި ފެން ބިލުން ލުޔެއް ދެއްވުމަށް މިދިޔަ ހުކުރު ދުވަހުވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް