އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ރިލީޒްކޮށްފި

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދ މިހާރު ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ރިލީޒްކޮށްފިއެވެ. ޓްވިޓާއިން އަލީ ރަމީޒް...

24 May 2021 | 23:29

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދ މިހާރު ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ރިލީޒްކޮށްފިއެވެ.

ޓްވިޓާއިން އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ދުވަހު ދުވަހަށް މައުލޫމާތުދެއްވަމުން އަލީ ވިދާޅުވީ އެކަން ސަމާލުކަމަށް އައިސްފައިވާކަމަށާއި ނަމަވެސް އެކަން ކުރި ސަބަބެއް ޓްވިޓާއިން އަންގާފައި ނުވާކަމަށެވެ. މެއިލެއްވެސް ލިބިފައިނުވާކަމަށެވެ.

އަލީ ރަމީޒަކީ އަބަދުވެސް ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ފަރާތެކެވެ.

މިހާރު ސަލަފް ޖަމިއްޔާ ހިންގުމުގައި އަދި ދީނީ ކަންކަމުގައި ހޭލުންތެރި ކުރުވުމުގައި އަލީ އިސް ދައުރެއް އަދާކުރަމުން އަންނައިރު، ޓްވިޓާގައި 28 ހާހަށްވުރެ ގިނަ މީހުން އަލީ ފޮލޯ ކުރެއެވެ. ފޭސްބުކްގައި 121 ހާސް މީހުން އަލީގެ ފޭސްބުކް ޕޭޖް ފޮލޯ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް